ރާއްޖެއަށް މަކުނު ވިދުރި އައުމުގެ ފުރުޞަތު އޮތް މިންވަރު ބަލަންފަށައިފި
އެޗްޕީއޭއިން ވިދާާޅުވީ، އެ އެބަލި ރާއްޖެއަށް އެތެެރެވުމުގެ ފުރުޞަތު އޮތް މިންވަރު ދެނެގަތުމަށާއި، ރާއްޖޭގައި ބައލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބައްޔަށް ޓެސްޓުކުރުމާއި، ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އަދި މަކުނު ވިދުރިއަށް ޞިއްޙީ ޚިދުމަތްތެރިން އަހުލުވެރިކުރުމާއި، ސަވައިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތްތައްވެސް ފަށާފައިވާ ކަމުގައި އެޗްޕީއޭއިން ހާމަކުރައްވާފައިވެއެވެ.